މތިވެރި އެއަރޕޯޓް ތަރައްޤީކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

އއ. މަތިވެރީގައިއ އެއަރޕޯޓް ތަރައްޤީކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.

މަތިވެރީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އާއެވެ. މި މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަތިވެރީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރޭ ބޭއްވި ބައްދަލުވުމުގައެވެ.

މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަތިވެރީގައި ބިން ހިއްކާ އެއަރޕޯޓްގެ މަސައްކަތް އެމްއެސީއެލްއިން ކުރާނީ އެ ކުންފުނިން އަމިއްލައަށް އިންވެސްޓްކޮށްގެންކަމަށެވެ. އެއަރޕޯޓް ތަރައްޤީކުރުން ހިމެނޭހެން އެރަށުން 26.5 ހެކަޓުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ބިމުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްކާއި އެހެނިހެން މަޝްރޫޢުތައް ކުރިއަށްގެންދެވޭނެކަމަށެވެ. އަދި ބިން ހިއްކުމާއި އެއަޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް 2 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މަތިވެރީގައި އެއަޕޯޓް ތަރައްޤީކުރުމުގެ ސަބަބުން އެރަށާއި އަތޮޅަށް ފައިދާވުމުގެ އިތުރަށް މުޅި ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ފައިދާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް