ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ނިމިފައިވާ މަސައްކަތްތަކުގެ ތެރޭގައި 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރެވްޓްމަންޓު ޖެހުން، 210 މީޓަރުގެ ސަރަހައްދެއްގައި އޮކް އޭޕްރަން ޖެހުން، 27،300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތް ނިމިފައިވާކަމަށް ހާމަކޮށް އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ބާކީ ހުރި މަސައްކަތްތަކުގެ ތެރޭގައި ވަގުތީ އެނދުތައް ނެގުމާއި ލެވެލް ކުރުމުގެ މަސައްކަތް ވެސް ހިމެނޭކަމަށެވެ.

މި މަޝްރޫއޫ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް