އެމްއެންޔޫ އިމާމުންގެ ޕީއެޗްޑީ ޕްރޮގްރާމްތަކަށް މިނިސްޓްރީގެ ފަރާތުން ސްޕޮންސަރ ދޭން ނިންމައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިހާރު އިޢުލާނުކޮށްފައިވާ އިސްލާމީ ޝަރީޢާ ދާއިރާގެ ޕީއެޗްޑީ ޕްރޮގްރާމްތަކަށް ހޮވޭ އިމާމުންގެ ކިޔެވުމުގެ ޚަރަދު ސްޕޮންސަރ ކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވިދާޅުވެއްޖެއެވެ.

ވަޒީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓްރީން އެއްކޮށް ސްޕޮންސަރ ދޭނެ ކަމަށާއި އަދި ޕޮކެޓްމަނީވެސް ދޭނެ ކަމުގައެވެ.

އެ ކޯސްތަކުގެ ގެޒެޓު ލިންކާއެކު ވަޒީރު ވިދާޅުވެފައިވަނީ ވީހާވެސް ގިނަ ބޭފުޅުން ކުރިމަތިލައްވައި ފުރުޞަތު ލިބޭތޯ މަސައްކަތް ކުރެއްވުމަށް އެދިލައްވާކަމަށެވެ.

އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔަވައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ އިސްލާމީ ދާއިރާއިން ޕީއެޗްޑީ ފުރުޞަތު ހުޅުވާލިކަމަށްޓަކައި އެމްއެންޔޫއަށް ޝުކުރު ދަންނަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް