ޕޭރެންޓިން ޕްރޮގްރާމް ފެސިލިޓޭޓަރ ތަމްރީނެއް ފަށައިފި
5 ދުވަހުގެ ޕޭރެންޓިން ޕްރޮގްރާމް ފެސިލިޓޭޓަރ ތަމްރީނެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. އެ ވުޒާރާއިން ބުނީ މި ޕްރޮގްރާމްގެ ތެރެއިން އެ ވުޒާރާއަށް ހުށަހެޅޭ އާއިލީ މައްސަލަތަކުގައި، ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމްކުރުމަށް ބޭނުންވާނޭ ހުނަރުތައް މުވައްޒަފުންނަށް ދަސްކޮށްދިނުމާއި، މި ހުނަރުތައް ބޭނުންކޮށްގެން ދިރިއުޅުމުގެ ކަންކަން ހައްލުކުރުން ފަދަ ކަންކަން ދަސްކޮށްދެވިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، ކުދިންނަށް ދިމާވާ މައްސަލަތަކާ ކުރިމަތިލާނެ ގޮތާއި، މައްސަލަތައް ހައްލުކުރުމަށް ގެންގުޅޭ އުކުޅުތައް ވެސް އުނގަންނައިދެވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ، އަމާން މުޖުތަމަޢެއް ބިނާކުރެވޭނީ ބެލެނިވެރިންނާއި ޢާއިލާތަކާއެކު ދުޅަހެޔޮ ގުޅުންތައް ޤާއިމްކުރެވިގެން ކަމަށް ވާތީ، އެކަމަށް ބާރުއެޅުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް