ފުވައްމުލަކުގައި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާގުޅިގެން މަޝްވަރާކޮށްފި
ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް، ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި މިހާރަށްވުރެ ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއީލް ރަފީގްގެ އިތުރުން ކައުންސިލްގެ އިސް ބޭފުޅުންނާއި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް