މަރާމާތަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ދެ މަސް ދުވަހަށް ބަންދުކުރަނީ
ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަގުބަންދުކުރުމަށް ނިންމައި އެކަން މާލޭ ސިޓީ ކައުންސިލްއިން އިއުލާނުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި 18 އޮގަސްޓު 2025 ން 13 އޮކްޓޫބަރު 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނު މަގުގެ އެއްފަޅި ބަންދުކުރެވިފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން ވަނީ މިކަމުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދިފައެވެ. އަދި މިސަރަހައްދު އެނގޭނެ ގޮތުގެ ޗާޓެއްވެސް ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް