ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ ޑިފެންސް މިނިސްޓަރއާއި ބައްދަލުކޮށްފި

ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް، ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވީތީ ދިވެހިރައްޔިތުންގެ ފަރާތުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ދިފާޢީ ބާރު ހަރުދަނާކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް