ކެންސަރ ސޮސިއިޓީ އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން ކެންސަރާއި ބޭހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކެންސަރ ސޮސިއިޓީ އޮފް މޯލްޑިވްސް އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން ކެންސަރާއި ބޭހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަން ނަންގަވައިދެއްވީ ކެންސަރ ސަވައިވަރ އެއް ކަމުގައިވާ، މުހައްމަދު ކަލީމް އެވެ. އަދި އަނގައިގެ ކެންސަރާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވީ ޑރ. އަހްމަދު ސަލީމް އެވެ.

މި ސެޝަންގައި އެކި ބާވަތުގެ ކެންސަރަށް މަގުފަހިވާ ކަންކަމާއި އަދި މި ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ. އަދި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިފާ ގިނަ ސަބަބުތަކާއި ނުރަނގަޅު އާދަތަކުން ދުރުވުމަށް ކުރެވިދާނެ ކަންކަމާއި މެދު ލަފާ ދެއްވާފައިވެއެވެ.

މީގެ އިތުރުން، މި ސެޝަންގައި ވަނީ ބައިވެރިންނަށް ކެންސަރާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ. ބައިވެރިން ފާހަގަކުރިގޮތުގައި މި ސެޝަން ވެގެންދިޔައީ ވަރަށް މުހިންމު މަޢުލޫމާތު ލިބިގެންދިޔަ ސެޝަނަކަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް