ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވި މައްސަލައެއް އެންއައިސީން ބަލަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފިކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިކަން ހާމަކޮށް އެންއައިސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މާލޭ ކަސްޓަޑީގައި ހުރި މީހަކު މިއަދު ނިޔާވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މިކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށް ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެންއައިސީން ބުންޏެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްޞީލެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް