ދިހަ ރަށެއްގައި ބިދޭސީންނަށް ޚާއްޞަކޮށްގެން ހެލްތު ކެމްޕް ހިންގައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި

ދިހަ ރަށެއްގައި ބިދޭސީންނަށް ޚާއްޞަކޮށްގެން ހެލްތު ކެމްޕް ހިންގުމަށް އަނެއްކާވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ ) އިން އިއުލާންކޮށްފިއެވެ.

އެޗްޕީއޭއިން ހިންގުމަށް ހަމަޖެހިފައިވާ މި ކޭމްޕް ހިންގަނީ، މާލެ، ވިލިގިނލި، ތިލަފުށި، ލ. ގަން،ހދ. ކުޅުދުއްފުށި، ގއ. ވިލިނގިލި، ޅ ނައިފަރު، ސ. ހިތަދޫ އަދި ފުވައްމުލަކު ސިޓީއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ އެދިފައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 އޮގަސްޓް 2025 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށާހެޅުމަށްވެސް ވަނީ އެދިފައެވެ.

މިކޭމްޕްތަކުގެ މައިގަނޑު މަގުސަދަކީ މި މަސައްކަތްތެރިންނަށް ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދީ، ބަލިތައް ފެތުރުން ހުއްޓުވުމެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭއިރު، އެމީހުންނަކީ ގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެކެވެ. ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، ސިއްހީ އަދި ތައުލީމީ ދާއިރާގައި އެމީހުން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ޚާއްސަކޮށް، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 88 އިންސައްތައަކީ ބިދޭސީން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް