ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެ

ލ. ކައްދޫ އެއަރޕޯޓް ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، މި އެކްސިޑެންޓް ހިނގީ ރޭ 7:18 ހާއިރުކަމަށާއި، ލ. ފޮނަދޫ އިން ގަމަށް ދަތުރުކުރި ސައިކަލެއް ލ. ކައްދޫ އެއާޕޯޓަށް ދާން އޮންނަ މަގުން ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އެއީ މަގު ހުރަސްކުރި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާކަމަށެވެ.

މި އެކްސިޑެންޓްގެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް