މޯލްޑިވްސް މެޑިކަލް ކޮންފަރެންސް 2025 ފަށައިފި

"މޯލްޑިވްސް މެޑިކަލް ކޮންފަރެންސް" އިއްޔެ ފަށައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާތީ، އެމީހުންނަށް ދެވޭ ފަރުވާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ރަސްމީކޮށް ފައްޓަަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމްއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރަމުންދާ ޑޮކްޓަރުންގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އަދި މިއީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްނެގުމާއެކު ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ.

މިއަހަރުގެ މޯލްޑިވްސް މެޑިކަލް ކޮންފަރެންސްގެ ޝިއާރަކީ "ޖެރިއެޓްރިކް، ލެޓްސް ޓޯކް އޭޖްޑް ކެއަރ"އެވެ. މި ޝިއާރުން އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ފަރުވާގެ މުހިންމުކަން ރަމްޒުކޮށްދޭއިރު، މިއީ ދިވެހިރާއްޖެއަށާއި އެހެން ގިނަ ޤައުމުތަކަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް