ފޭސް 2 މަސް މާރުކޭޓުން ނުގަވާއިދުން އުޅެމުންދިޔަ ތިން ބިދޭސީއަކު އަތުލައިގެންފި

ހުޅުމާލެ ފޭސް 2ގެ ވަގުތީ މަސް މާރުކޭޓުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން އައި 03 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ކުރަމުން އަންނައިރު ޓާސްކް ފޯހުން ވަނީ ހުޅުމާލެ ފޭސް 2ގައި ހުންނަ ވަގުތީ މަސް މާރުކޭޓުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މިއީ މި މަހުގެ 10 ވަނަ ދުވަހު ޓާސްކް ފޯހުން ކުރިއަށް ގެންދިއަ ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ކަމަށް އިމިްގރޭޝަނުން ވިދާޅުވިއެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާ ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް