ލ. އަތޮޅުގައި ސަރޖިކަލް ކޭމްޕެއް ފަށައިފި

ލ އަތޮޅުގައި "ލާ މަސީލު ލާމު"ގެ ނަމުގައި ސަރޖިކަލް ކޭމްޕެއް ފަށައިފިއެވެ

މިކަން ހާމަކޮށް ލ. ރީޖަނަލް ހޮސްޕިޓަލުން ބުނީ މި ކޭމްޕް ލ. ގައި ކުރިއަށްދާނީ އޮގަސްޓް 16 އިން 14 އަށް ކަމަށެވެ.

އެކި ދާއިރާތަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު ފަށާ މި މެޑިކަލް ކޭމްޕުގައި ތަފާތު ބަލިތަކަށް ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެގައި ހޭނެއްތުމާއި އައްސިކުރުމާ ބެހޭ ކަންތައްތަކާއި، ނުފިލާ ގިނަ ދުވަސްވީ ތަދުތަކާއި، އައްސިކުރުމަށް އިންޖެކްޝަން ޖެހިތަނުގެ ހުރި މައްސަލަތަކަށް ޑރ. އަސަދު އޯޕީޑިގައި ފަރުވާދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ބަނޑުގެ އޮޕަރޭޝަންތަކާއި ގުޅޭ މައްސަލަތަކާއި، ފަލަ މީހުން ހިކުމަށް ކުރާ ބެކްޓީރިއަލް އޮޕަރޭޝަން ތަކާއި، ފިތާއި ފުރަމޭ އަދި ބަނޑުގެ މައްސަލަތަކާއި އެންޑޯސްކޮޕީ އަދި ކޮލޮނޮސްކޮޕީ ހެދުމާއި ގުޅޭ މައްސަލަތަކާއި، ގޭހާއި އަދި ހިމަ ގޮހޮރު މައްސަލަތަށް ޑރ. އަޒްނާނު ބައްލައްވާނެއެވެ.

އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޑރ.މިސްބާހު އަދި ނާރުގެ ބަލިތަކަށް ޑރ.ނިޔާފު، ކެންސަރުބަލީގެ އޮޕަރޭޝަންގެ ޙާއްސަ ޑޮކްޓަރު ޑރ.ޝިފާނުގެ އިތުރުން އާއްމު އޮޕަރޭޝަން ތަކާއި ގުޅޭ ކަންކަމަށް ޑރ. އުބައިދާއި، ޑރ. ވަހީދު ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް