ދަރަވަންދޫ އާއި މާޅޮހުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ބ. ދަރަވަންދޫ އަދި މާޅޮހުގެ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން މި ދަތުރުފުޅުގެ ތެރެއިން މިއަދު އަމަލީ މަސައްކަތް ފެށި މި މަސައްކަތުގެ ރަސްމީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ އަލީ އިހްސާން އެވެ. މީގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑުންނެވެ.

ރައީސުލްޖުމުހޫރިއްޔާ ބ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ގިނަ ރަށްރަށުގައި ފުލުހުންގެ މަރުކަޒު ގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް