ރައީސް ޕާކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ޕާކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރުގެ އިތުރުން، ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ، ޕާކިސްތާނަށް މިނިވަންކަން ލިބުމަށްފަހު މިހާތަނަށް ހާސިލުކޮށްފައިވާ ތަރައްޤީއާއި ކުރިއެރުން ފާހަގަކުރުމުގައި ދިވެހިރާއްޖެއިން ބައިވެރިވާ ކަމަށެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި ޤާއިމްވެފައިވާ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް