ހިތާދޫ ބިން ހިއްކުމަށް އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިހާރު ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ އަބުދުﷲ މުއްތަލިބުއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑީ.ސީ.ޕީ ( ރޓ )  އަހްމަދު ސަޢުދީއެވެ.

މީގެ އިތުރުން މިއަދު ވަނީ ހިތާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. މި މަސައްކަތް ހަވާލުކުރީ ފަހިދިރިއުޅުން ކޯޕަރޭޝަނާއެވެ. މި އެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ހަމްދާން ޝަކީލްއެވެ. މިނިސްޓްރީގެ ފަރާތުން ސޮއުކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް