ވެލިދޫ އިސްރަށްވެހިން ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދީފި

ނ. ވެލިދޫ އިސްރަށްވެހިން ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ވެލިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓު 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ވެލިދޫ ކައުންސިލުން ކުރިއަށް ގެންދިޔަ އިސްރަށްވެހިންގެ ހަވީރުގައި ޕޮލިސް ސްޓޭޝަނުން ބައިވެރިވެ ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެގޮތުން، އާންމު ވަމުންއަންނަ ސްކޭމް މައްސަލަތަކާއި އެފަދަ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އަމަލުތައް ހުންނަ ގޮތްތައް ކިޔައިދީ އެފަދަ މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ސްކޭމްތައް ހިންގަމުންދާތީ އެފަދަ ކަންކަމަށް ސަމާލުވެ ރައްކާތެރިވެތިބުމަށާއި ބެންކު އެކައުންޓުގެ މައުލޫމާތާއި އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. މި ހަރަކާތުގައި ވެލިދޫގެ ގިނަ އިސްރަށްވެހިން ބައިވެރިވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް