އިންޓަނޭޝަނަލް ޔޫތު ޑޭ އާ ގުޅިގެން "ނޫކަށި ފެސްޓިވަލް" ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން "ނޫކަށި ފެސްޓިވަލް" ނަމުގައި ހާއްސަ ހަރަކާތެއް ބާއްވާން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ނިންމައިފިއެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 27 އިން 30 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައެވެ.

ޔޫތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ޒުވާނުންގެ އެކި އުފެއްދުންތައް ދައްކައިދޭ އެކި ސްޓޯލްތައް ހިމެނޭއިރު އޭގެ ތެރޭގައި ޒުވާން ވިޔަފާރިވެރިންގެ ތެރެއިން ކާބޯ ތަކެތި އުފައްދާ ފަރާތްތަކަށާއި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ސްޓޯލުތައް ހިމެނޭނެއެވެ. އަދި މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ބައެއް ސްޓޯލްތައް ވެސް މި ފެސްޓިވަލްއިން ފެނިގެންދާނެއެވެ.

ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ހަވީރު ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކާއި، ރޭގަނޑު އާޓިސްޓުންގެ ލައިވް މިއުޒިކް ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް