މެމޮގްރަފީގެ ޚިދުމަތް ބ. އަތޮޅު ހޮސްޕިޓަލުގައި ފަށައިފި

މެމޮގްރަފީގެ ޚިދުމަތް ބ. އަތޮޅު ހޮސްޕިޓަލުގައި ފަށައިފިއެވެ.

އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭންގެ މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކެންސަރަށް ސްކްރީން ކުރުމަށް މެމޮގްރަފީގެ ޚިދުމަތް މިއަދު ބ. އަތޮޅުގައި ފަށާފައިވާއިރު، ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓަލްތަކުން މި ޚިދުމަތް ލިބޭނެއެވެ. އަދި މި ޚިދުމަތް މިހާރު ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އިތުރު ހޮސްޕިޓަލްތަކުން މި ޚިދުމަތް ދިނުމަށް ވަނީ ރޭވިފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ.

އޭގެ ތެރޭގައި ފުރަތަމަ ފޭސްގައި މި ޚިދުމަތް ފެށުމަށް ރޭވިފައިވާ އަތޮޅު ތަކުގެ ތެރޭގައި ބ.، ހއ.، ށ.، ގއ. އަދި ފުވައްމުލަށް ސިޓީ ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް