ޒަކާތު މަހާސިންތާގެ ޕްލެޓިނަމް ސްޕޮންސަރަކަށް ބީއެމްއެލް އިސްލާމިކް

މި ހިނގާ އޮގަސްޓު މަހު 23 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގެ ޕްލެޓިނަލް ސްޕޮންސަރަކަށް ބީއެމްއެލް އިސްލާމިކް ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި ބީއެމްއެލް އިސްލާމިކްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒައްދީން ޢަދުނާންއެވެ. ބީއެމްއެލް އިސްލާމިކްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ބީއެމްއެލް އިސްލާމިކް ބޭންކިންގެ ޑިރެކްޓަރ ހަސަން ކަލާމްއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ. މިމަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށްވެސް އެފުރުސަތު  މިހާރު  ވަނީ ހުޅުވާލެވިފައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާ ފެށުމަށް ހަމަޖެހިފައިވަނީ 2025 އޯގަސްޓު 23 ވަނަ ދުވަހުއެވެެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް