ބ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ބ. އަތޮޅުގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފިއެވެ.

މިގޮތުން މި އޮފީސް ހުޅުއްވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދެވެ.

މިކަމަށްޓަކައި ބ. އޭދަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި އޮފީހުގެ ފުރަތަމަ ޕާސްޕޯޓު ދޫކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ.

ސަރުކާރުން ދަނީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް