ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލަ އެންއައިސީން ބަލަނީ

ރ. އުނގޫފާރު ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފިއެވެ.

މިކަން ހާމަކޮށް އެންއައިސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރ. އުނގޫފާރު ޕޮލިސް ކަސްޓޯޑިއަލްގެ ބަންދުގައި ހުރި ފަރާތެއް އޮގަސްޓު 11 ވަނަ ދުވަހުގެ 11:30 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތްކުރި ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، މިކަމާ ގުޅިގެން އެކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށް ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްޞީލެއް އެންއައިސީން ހާމައެއް ނުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް