ހަނިމާދޫގައި އިސް ދަނޑުވެރިންގެ ތަމްރީނުތައް ފަށައިފި

ހދ. ހަނިމާދޫގައި އިސް ދަނޑުވެރިންގެ ތަމްރީނުތައް ފަށައިފިއެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް އިން ނަމޫނާ ގްރީންހައުސް އަޅައިގެން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ރަށްރަށުގައި ލީޑް ފާމަރުންގެ ގޮތުގައި ނުވަތަ އިސް ދަނޑުވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޮވައި، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި، އިސް ދަނޑުވެރިންގެ ތަމްރީނުތައް ފަށާފައިވާކަން ހާމަކޮށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި   18 ދަނޑުވެރިން އަދި މިނިސްޓްރީގެ ފީލްޑް މުވައްޒަފުން ހިމެނޭ ގޮތައް ޖުމްލަ 28 ބައިވެރިންނާއިއެކު މި ފެށުނު ތަމްރީނަކީ ދެބުރަކަށް ބަހާލެވިގެން ކުރިއަށްދާނެ ތަމްރީނުތަކެކެވެ.

މިގޮތުން 10-17 އޮގަސްޓަށް ފުރަތަމަ ބުރު އަދި 25-30 އޮގަސްޓަށް ދެވަނަ ބުރު ކުރިޔަށް ގެންދެވޭނެއެވެ.

އެ ވުޒާރާއިން ބުނީ ލީޑް ފާމަރުން ތަމްރީނު ކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އައި.އެފް.އެފް މެންބަރުން އަޅާ ގްރީންހައުސްގައި ގަސް ހައްދާއިރުގަ އަދި ބިމުގައި ގަސްހައްދާއިރުގައި އެ ދަނޑުވެރިން ކަންކަންކުރަނީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ރަނގަޅު އުޞޫލްތަކާ އެއްގޮތަށްކަން ޔަގީންކުރުން ކަމަށެވެ.

މިގޮތުން ތައްޔާރުކޮށްފައިވާ ކްރޮޕް ކަލަންޑަރގައި ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ޔަގީންކުރުމާއި ހަދާފައިވާ ޗެކްލިސްޓްގައި ހިމެނޭކަންކަން ގަވާއިދުން ބަލަހައްޓަމުން ގެންދާކަން ޔަގީންކުރުމާއި، އެގޮތަށް ކަންކަން ކުރިއަށް ނުދާނަމަ ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށްދީ، އެ ވުޒާރާގެ އެކްސްޓެންޝަން ސްޓާފުންގެ ލަފަޔާއި އެކު އެކަން ރަނގަޅު ކުރުމަށް ހިތްވަރުދީ އައި އެފް އެފް މެމްބަރުންނާއި އެކު ދަނޑުބެލެހެއްޓުމުގައި ނުވަތަ ގްރީންހައުސްގެ މަސައްކަތްތަކުގައި އެހީތެރިވުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް