ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.

ކުޑަރިކިލު ސިއްހީ މަރުކަޒުގައި އައު އިމާރާތެއް އެޅުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއާއެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މި މަސައްކަތުގެ އަގަކީ 7 މިލިއަން ރުފިޔާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް