5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުޑަހުވަދޫގައި 44 ގަސް އިންދައިފި

ސަރުކާރުގެ "5 މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ދ. ކުޑަހުވަދޫގައި 44 ގަސް އިންދައިފިއެވެ.

މިކަން ހާމަކޮށް އެންވަޔަރުމަންޓް މިނިސްޓްރީން ވިދާޅުވީ، މި ގަސްއިންދުމުގެ ހަރަކާތުގައި، 13 ރުކާއި 31 އަނބުގަސް އެރަށުގެ ބައެއް މަގުތަކުގެ އަރިމަތީގަޔާއި، އިޖްތިމާޢީ ސަރަޙައްދުތަކުގައި އިންދާފައިވާކަމަކަމަށެވެ.

މި ހަރަކާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު އޮނަރަބަލް ޠާރިޤު އިބްރާހީމްގެ އިތުރުން، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ޙަމީދާއި، ދ. އަތޮޅު ކައުންސިލްގެ ރައީސް އަދި ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަދި މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުނާއި އަދި ކުޑަހުވަދޫގައި ޤާއިމްކުރެވިފައިވާ ބައެއް މުޢައްސަސާތަކުގެ ވެރިން ވެސް މި ހަރަކާތުގައި ބައިވެރިވެ، ގަސްއިންދުމުގެ މަސައްކަތަށް އެއްބާރުލުން ދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް