ބ. ކަމަދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި
ބ. ކަމަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފިއެވެ. މި ހިދުމަތް ފަށްޓަވައި ދެއްވީ، އެ އަތޮޅަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ކަމަދޫއަށް ވަޑައިގެން އެމަނިކުފާނެވެ. ރައީސްވަނީ މި ހިދުމަތް ކަމަދޫގައި ފައްޓަވައި ދެއްވުމަށް، ރަމްޒީ ކާޑު ބޭނުންކުރައްވައި އެ އޭޓީއެމްއިން އެންމެ ފުރަތަމަ ހިދުމަތް ހޯއްދަވާފައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އޭޓީއެމްގެ ހިދުމަތް ދިނުމަކީ އެމަނިކުފާނުގެ މުހިންމު ވަޢުދުފުޅެކެވެ. ބ. އަތޮޅަށް ރައީސް މިއަދު ފެއްތެވި މި ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިއީ ހަތަރު ދުވަހަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް