ފަރަށް އެރި ދޯންޏެއްގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ސަމާލުވާން އެދެފި

ފަރަށް އެރި ދޯންޏެއްގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ސަމާލުވާން އެދެފިއެވެ.

އެމްއެންޑީއެފުން ބުނީ ވ. ދިއްގިރީގެ 1.4 ނޯޓިކަލް މޭލު އުތުރުން، މުދާ އުފުލާ ދޯންޏެއް ފަރަށްއަރައި، އެ ދޯނީގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިގޮތުން ފަރަށް އަރާފައިވާ އެ ދޯނީގައި ހުރި ބައެއް ސާމާނު އޮޔާދަނީ ވ.އަތޮޅު ތެރެއިން ދެކުނަށް ކަމުގެ މައުލޫމާތު ލިބިފައިވާތީ، ވ.ދިއްގިރި ކަނޑުއޮޅިން ވަދެނުކުމެ އުޅޭ ފަރާތްތަކާއި މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި، ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އަންގައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް