އޮޅުހިޔާއަށް އިތުރު ބުޅާތައް ގެންދަން ފަށައިފި

އޮޅުހިޔާ ފެސިލިޓީގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށް، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް، ވިއްސާރައާއި ގުޅިގެން މެދުކެނޑާލުމަށްފަހު، އަލުން މިއަދު ފަށައިފިއެވެ.

އޮޅުހިޔާ ފެސިލިޓީ ފަށައިގަނެވުނު އިރު، އެތަނުގެ ކަރަންޓީން ޖާގައިގައި، ކަރަންޓީން ކުރެވޭނެ ވަސީލަތެއް ނެތެވެ. އެހެންކަމުން ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވެއްދިއެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން ބުޅާތައް ވަނީ ފެސިލިޓީއަށް ނަގާފައެވެ. ކަރަންޓީންގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހެއެވެ. އެހެންކަމުން އެތަނުގެ ޖާގަ އެކި ފަހަރުމަތިން އިތުރު ކުރަމުން ގޮސް މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފައެވެ.

އެއަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގަިއ ވީއްލިގެން އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް ކުރަންފެށިއެވެ. ޖުލައި މަހު، 28 ބުޅާ މާލޭގެ އެކި ސަރަހައްދުތަކުން އޮޅުހިޔާގެ ކަރަންޓީން އަށް ލިއެވެ.

އެހެންނަމަވެސް މޫސުމް ގޯސްވުމާއި އެކު، މަސައްކަތް މެދުކެނޑިަފއި އޮތުންމަށްފަހު އިއްުޔެ އެ މަސައްކަތް އަލުން ފެށިއިރު ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ، ވަނީ ކޮށިތަކަށް ބަދަލުކޮށްފައެވެ.

އަދި ޖުމްލަ ފެސިލިޓީއަށް، 75 ބުޅާވަނީ ނެގިފައިވާ ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މައުލޫމާތުދެއެވެ.

އިއްޔެ ހަވީރު މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ،ރޭ ހުޅުމާލޭގެ އެކި ސަރަހައްދުން ބުޅާތައްވަނީ ފެސިލިޓީއަށް ނަގާފައެވެ. ވިއްސާރަވުމުން މަސައްކަތް ހުއްޓާލިއިރު، ޖުމްލަ 37 ބުޅާ އިއްޔެ ވަނީ ނަގާފެއެވެ. އެހެންކަމުން މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 އެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ވީއްލިގެން އުޅޭ ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މާދަމާވެސް ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް