މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި

ލ. މާވަށުގައި މީހަކަށް ވަޅިން ދިން ހަމަލާއެއްގައި މަރުވެއްޖެކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ، މި ހާދިސާގައި މަރުވީ ލ. މާވަށު، ނަލަހިޔާ، މޫސާ އިބްރާހިމް  ކަމަށެވެ. އޭނާގެ އުމުރަކީ 29 އަހަރެވެ.

ފުލުހުން ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10 ޖެހި ފަހުން ކަމަށެވެ. ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާކަން ސިއްހީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ ހާދިސާ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް