މަނަދޫއިން އުނގޫފާރަށް ދިއުމަށް އާރްޓީއެލް ފެރީ ނޮވެންބަރުގައި ހަމަޖައްސައިދޭނަން: ރައީސް

ނ. މަނަދޫއިން ރ. އުނގޫފާރަށް އާރްޓީއެލް ފެރީ މެދުވެރިކޮށް ދަތުރުކުރެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސިއްހީ ބޭސްފަރުވާގެ ކަންކަމަށް ނ. އަތޮޅުގެ ރައްޔިތުން ވަރަށް ގިނައިން ރ. އުނގޫފާރަށް ދާންޖެހޭތީ، މަނަދޫއިން އުނގޫފާރަށް ސީދާ ފެރީ ދަތުރުތައް ބޭއްވޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެއީ ވަރަށް ގިނަ ފަހަރު ރިފާ ކުރާތީ މިތާ ޑޮކްޓަރުން ވެސް. ޑައިރެކްޓް ފެރީ ލިންކް ގާއިމުކުރުމަކީ ދެމެހެއްޓެވި ގޮތެއްގައި ހަމަޖެހިގެން ކުރެވޭނެ ކަމެއް. މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދެމެހެއްޓެނެވި ގޮތެއްގައި ސީދާ ފެރީ ލިންކެއް މަނަދޫއިން އުނގޫފާރަށް އަދި އުނގޫފާރުން މަނަދޫއަށް ދުއްވޭ ގޮތަށް ގާއިމުކުރާނަން.“ ރައީސް ވިދާޅުވިއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް ނ. އަތޮޅަށް ފެށިފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. މި ޚިދުމަތުގެ ދަށުން ނ. އަތޮޅަށް ޚާއްސަކޮށްފައިވަނީ ދެ ލޯންޗް ފެރީއެވެ.

އަދި މި ދަތުރުތައް ފެށުމުގެ ކުރިން ވަނީ ޓެސްޓް ބުރުތަކެއް ވެސް ބާއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް