ފުނަދޫގައި ފުރުތަމަ ފަހަރަށް އައި.ޔޫ.އެމްގެ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓް ފަށަނީ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓް ކޯސް ށ. ފުނަދުގައި ފުރުތަމަ ފަހަރަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އައިޔޫއެމްއިން ބުނި ގޮތުގައި މި ކޯހުގެ ކްލާސްތަކަކީ 18 އަހަރުން މަތީގެ ހުރިހާ ބޭފުޅުންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ރޭގަނޑު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކްލާސްތަކެކެވެ.

އޮގަސްޓް އިންޓޭކް 2025 ގައި ފެށުމަށް ހަމަޖެހިފައިވާ އައި.ޔޫއެމްގެ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓް ކޯހަކީ 2 ސެމިސްޓަރ އަކަށް ބަހައިލާގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ 1 އަހަރު ދުވަހުގެ ކޯހަކަށްވާއިރު މި ކޯހަށް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުވުމުގެ ފުރުޞަތު އައިޔޫއެމްއިން ވަނީ ހުޅުވާލާފައެވެ.

ތިރީގައި އެވަނީ ކޯހުގައި ބައިވެރިވުމަށް އެދުމަށް ބޭނުންކުރާނެ ލިންކެވެ.

https://admissions.ium.edu.mv/en/login

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް