އަދި މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ. އަދި އެބޭފުޅާއަކީ، ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއްކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާކަމަށް ވިދާޅުވެފައެވެ.إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އޮނަރަބަލް މުޙައްމަދު ސަޢީދުގެ ލޮބުވެތި ބައްޕާފުޅު، ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ.ތުރާކުނު، އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ނުހަނު ފުންހިތާމައާއެކު އެވެ. މަރުޙޫމް ސަޢީދު…
— Dr Mohamed Muizzu (@MMuizzu) July 20, 2025

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އޮނަރަބަލް މުޙައްމަދު ސަޢީދުގެ ލޮބުވެތި ބައްޕާފުޅު، ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ.ތުރާކުނު، އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
މިކަން ހާމަކޮށް ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަޒީރުގެ ބައްޕާފުޅު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




