ބީއެމްއެލްގެ 40 ވަނަ ބްރާންޗް ދުވާފަރުގައި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 40 ވަނަ ބްރާންޗް މާޅޮސްމަޑުލު އުރުތުބުރީ ދުވާފަރުގައި ހުޅުވައިފިއެވެ.

މިއީ ބޭންކްގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތަކަށްވާއިރު، ބީއެމްއެލްއިން ވިދާޅުވީ، މި ބްރާންޗުގައި ޚިދުމަތްދެމުންދާނީ އިސްލާމީ ޝަރީއާއި އެއްގޮތަށް ކަމަށެވެ.

މި ބްރާންޗް ހުޅުވުމަށް ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ އިސްވެރިންނާއި، މަޖިލިސް މެމްބަރުންގެ އިތުުރުން އެރަށު ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންނަށް ރަށުގައި ތިބެގެން ގިނަ ޚިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ވިދާޅުވެ ވަޒީރު ވަނީ ރައީސްގެ މި ތަސައްވުރާއެކު، ބީއެމްއެލްގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އެބޭންކުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އަދި ދުވާފަރަކީ އާބާދީ ބޮޑު ރަށެއްކަމަށާއި އެ ރަށުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަކީ ރަށު ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ކަމެއްކަމަށާއި އެހެންކަމުން މި ޚިދުމަތާއެކު ރަށު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް