ވިނަރެސްގެ ޓަވަރަކުން ވެއްޓުނު 18 އަހަރުގެ މީހާ ނިޔާވެއްޖެ

ހުޅުމާލެ ފޭސް 2 އެއްގެ ވިނަރެސް 8 ވަނަ ޓަވަރުން ވެއްޓުނު މީހާއަށް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޓަވަރު މަތިން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށާއި ވެއްޓިފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިހާދިސާގެ އިތުރު ތަފްޞީލެއް ފުލުހުން ޙިއްސާކޮށްފައިނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް