މާލޭ ވިޔަފާރި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން ކްލިއަރނުކޮށް ހުރި މުދާ ހަފުތާއެއްގެ ތެރޭގައި ކްލިއަރ ކުރުމަށް އަންގައިފި

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން ކްލިއަރނުކޮށް ގިނަދުވަސްވީ މުދާ ހަފުތާއެއްގެ ތެރޭގައި ކްލިއަރ ކުރުމަށް އަންގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންއިޢުލާނުކޮށްފިއެވެ.

އެގޮތުން އެމްޕީއެލް އިން ކުރި އިޢުލާނުގައި ވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލު ލިސްޓު އާންމުކޮށްފައެވެ.

އެމްޕީއެލް އިން ވަނީ، ޖުލައި 16 ވަނަ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި މިމުދާތައް ބަނދަރުން ކްލިއަރ ކުރުމަށް މުދަލުގެ ވެރިފަރާތްތަކަށް އަންގައިފައެވެ. މި މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް އެ ކުންފުނިން ވަނީ އަންގައިފައެވެ.

އަދި މިމުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް އެ ކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެ ކަމަށާއި، އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް