އޮޓޮޕްސީ ހެދުމަށް ޢަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު 21 ޖުލައި ގައި އިންޑިއާއަށް ފޮނުވަނީ

2025 ޖުލައި 13 ވަނަ ދުވަހުގެ ދަންވަރު އއ. މާޅޮހުގައި އަނިޔާވެރިގޮތަކަށް މަރާލި އއ.މާޅޮސް، އޯކިޑްމާގެ، މަރުހޫމް ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް 21 ޖުލައި ވާ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލަން ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ، އޮޓްޕްސީ ހެދުމަށްޓަކައި ޢަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު 2025 ޖުލައި 21 ވާ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވާލުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ނިންމުމަކީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއްކަމަށް ފުލުހުން ވަނީ ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް