ސައުދީ ސަފީރު، ވަޒީރު ޑރ. މަރްޔަމް މާރިޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖޭއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒްއެކްސެލަންސީ ޔަޙްޔާ ބިން ޙަސަން އަލް-ޤަޙްޠާނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ގުޅޭ ދާއިރާތަކުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން މި ބައްދަލުވުމުގައި ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އަދި ޖަނަވާރުތަކުގެ ދުޅަހެޔޮކަމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް