މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މިކަން ހާމަކޮށް މެޓް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ ވައިބާރުވެ، ކަނޑުތައް ގަދަވެ، އަދި ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ:

° ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް.

° ކަނޑުތައް، ޚާއްސަކޮށް ކަނޑުއޮޅިތައް، ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ.

° ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ.

° ދިޔަވަރު ބޮަޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކޮށްފާނެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް (ޚާއްސަކޮށް ދަތުރުވެރިން) މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާބެހޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅައިލާނީ ޑިއުޓީ ފޯކާސްޓަރ: 3323084

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް