ކަސްޓަމްސްއާ އަލަށް ގުޅުނު 56 މުވައްޒަފުން ހުވާކޮށްފި

ކަސްޓަމްސްއާ އަލަށް ގުޅުނު 56 މުވައްޒަފުން އިއްޔެ ހުވާކޮށްފިއެވެ.

އެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހެނދުނު ކަސްޓަމްސް ބިލްޑިންގް ގައެވެ.

އަލަށް ގުޅުނު މުވައްޒަފުންނަށް މަގާމުގެ ހުވާލައި ދެއްވީ ފެމިލީ ކޯޓްގެ ގާޒީ އަބްދުﷲ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތުމަތު ދިޔާނާ ވަނީ އަލަށް ހިދުމަތާ ގުޅުނު މުވައްޒަފުންނަށް މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން ވިސްނުންތެރިކަމާއި އިހްލާސްތެރިކަމާއެކު ހިދުމަތް ކުރުމަށް ދިޔާނާ ވަނީ އެ އޮފިސަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް