"ދުބާއީ ޕޮލިސް ސީއައިޑީ" ގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރާތީ ސަމާލުވާން އިލްތިމާސްކޮށްފި!

"ދުބާއީ ޕޮލިސް ސީއައިޑީ" ގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަމުންދާ ކަމަށާއި އެކަމަށް ސަމާލުވާން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

އެ ސެންޓަރުން ރޭގައި ސޯޝަލް މީޑިއާގައި އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދުބާއީ ޕޮލިސް ސީ.އައި.ޑީ އަދި އެހެނިހެން އިދާރާތަކުގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަދަ ފަރާތްތަކުން +971 58 532 2946 ފަދަ ނަންބަރުތަކާއި [email protected] ފަދަ އީމެއިލްތައް ބޭނުންކޮށްގެން ޒާތީ މަޢުލޫމާތާއި އެކައުންޓްތަކުގެ މަޢުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން ފުލުހުން ބުނީ ތިރީގައިވާ ކަންކަމަށް ސަމާލުވުމަށެވެ.

  • ދުބާއީ ޕޮލިހުން ވީޑިއޯ ކޯލްގައި އެއްވެސް ސެންސިޓިވް މަޢުލޫމާތެއް ނުވަތަ ފައިސާއެއް ނުހޯދާނެ.
  • އެއްވެސް ހާލެއްގައި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކް މަޢުލޫމާތު ހިއްސާނުކުރުމަށް.
  • ޝައްކުކުރެވޭ ކޯލެއް އަތުވެއްޖެނަމަ، ވަގުތުން ފޯން ކަނޑާލުމަށް.

ފުލުހުން އެދިފައިވަނީ މި މެސެޖް ގިނަ ބަޔަކާ ހިއްސާކޮށް، އާއިލާއާއި ރައްޓެހިން މިފަދަ ސްކޭމްތަކުން ރައްކާތެރިކުރުމަށް އެހީތެރިވެދިނުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް