އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފި

އދ. މަހިބަދޫގައި އެ އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މަހިބަދޫގެ ކުންފުންޏެއްކަމަށްވާ މެޓްސްއާއެވެ.

އދ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް މެޓްސް ކުންފުންޏާ ހަވާލުކުރުމަށް އަތޮޅު ކައުންސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް ޢަލީ ނަސީރެވެ. މެޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރި ފަރާތް، ޢަލީ ރިޒާއެވެ.

މި މަސައްކަތް މެޓްސްއާ ހަވާލުކޮށްފައިވަނީ 1 މަސް ދުވަހުގެތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރާގޮތަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް