ހައިވޭގައި ވޭނަކައި ސައިކަލެއްޖެހި އެންސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖުގައި ވޭނަކައި ސައިކަލެއްޖެހި އެންސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ ހުޅުމާލެ ހައިވޭއިން އިން މާލެއަށް ދަތުރުކުރާ ފަޅި،4 ލޭން ހިމެނޭ ސަރަހައްދުގައި ވޭން އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް ރޭ10:49 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި އެ އެކްސިޑެންޓު ހިނގާފައިވަނީ ވޭން އޯވަރޓޭކް ކުރަނިކޮށް ސައިކަލުގައި ޖެހިގެން ކަމަށާއި މި އެކްސިޑެންޓު ގައި ސައިކަލު ގައި ތިބި 2 މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް