ކުޑަކުއްޖެއްގެ އިތުރު މަރެއް: މަރުވެފައިވަނީ ފީނަން ގޮސް އުޅެނިކޮށް

އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ކުއްޖަކު މަރުވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ މިއަދު މެންދުރު ވަގުތެއްގައި އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު 4 ކުދިންގެ ތެރެއިން 1 ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިރޭ 7 ޖެހިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އެގޮތުން ގެއްލިގެން ހޯދަމުންދިޔައީ 15 އަހަރުގެ ފިރިހެން ކުއްޖެއްކަމަށާއި، ކުއްޖާ ހޯދަނިކޮށް މާމިގިލި ބޭރު މޫދުން ކުއްޖާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

އަދި އެ ކުއްޖާ ސިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައިކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއީ 24 ގަޑިއިރުގެ ތެރޭގައި މިފަހަކުން އެންމެ ހިތާމަވެރިގޮތަކަށް ކުޑަކުދިން ނިޔާވި ފަހަރެއްކަން ފާހަގަކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް