ހުޅުދުއްފާރު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

ރ. ހުޅުދުއްފާރު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

މިކަން ހާމަކޮށް އާރްޑީސީން ބުނީ އެ ރަށުގެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށެވެ.

ހުޅުދުއްފާރު ފުޓުބޯޅަ ދަނޑު ތަަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޓާފް އެޅުމަށް ބޭނުންވާ ސާމާނު އާރްޑީސީ އިން އެ ރަށަށް ފޮނުވާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގައެވެ.

ރަށްރަށުގައި ނުނިމި ހުރި މަޝްރޫޢުތަކާއި ކުރިއަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫޢުތަަށް ކުންފުނިތަކާއި ހަވާލު ކުރި އިރު ސަރުކާރުން ވަނީ އާރްޑީސީއާ 23 މަޝްރޫއެއް ހަވާލުކޮށްފައެވެ. އަދި މި މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރު ދުވަސް ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުުރަން އާރްޑީސީން ވަނީ އެއްބަސްވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް