އިމަރޖެންސީކޮށް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހަކު ހޮސްޕިޓަލުގައި ނިޔާވެއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ،  މިއަދު ހެނދުނު 10:10 ހާއިރު އިމަރޖެންސީކޮށް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހަކު ހޮސްޕިޓަލުގައި ނިޔާވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިގޮތުން ނިޔާވެފައިވަނީ މުޙައްމަދު ރަޝީދު / މއ. ސައިނޯސަރ (43އ) ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މީހާއަށް ލިބުނު އަނިޔާއެއް ނުވަތަ ހާލު ސީރިއަސްވި ސަބަބެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް