މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓުގައި އަލިފާން ރޯކޮށްލުމަށް ބަޔަކު އުޅެފި

ފ. މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓަށް ބަޔަކު ގެއްލުން ދީފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ އެ ރަށުގެ އެއާޕޯޓުގެ ފަޔަ ސްޓޭޝަންގެ ގޮތުގައި ބޭނުންކުރަން ހަދާފައި ހުރި އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް 2025 ޖުލައި 13 ވަނަ ދުވަހުގެރޭ ތަޅާލާފައިވާ މައްސަލަ 2025 ޖުލައި 14 ވަނަ ދުވަހުގެ 07:47 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެމްޓީސީ މަގޫދޫ ސައިޓުގެ ފަރާތުންކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލަޫރިތަށް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް