މޮންޓަނޭގްރޯގެ ސްޓޭޓްހުޑް ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މޮންޓަނޭގްރޯގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ އިންޓަރނޭޝަނަލް ރިލޭޝަންސް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެރްވިން އިބްރަހިމޮވިޗް އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަޒީރުގެ މެސެޖުގައި ވަނީ މޮންޓަނޭގްރޯގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި ވަޒީރު އެރްވިން އިބްރަހިމޮވިޗާއި، މޮންޓަނޭގްރޯ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ތަހުނިޔާ ދަންނަވައިފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި، ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް