އެކްސިޑެންޓުގައި ނިޔާވީ ލަވަކިޔުންތެރިޔާ ތޭރަވާއާއި އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު

މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައިވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު، އަލްސަން ކަން އެނގިއްޖެއެވެ.

މިރޭ މާފަންނު ބަސް ޓަރމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވެފައިވާއިރު، ސައިކަލުގައި ތިބީ 17 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކު ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. މި ދެ ކުދިންގެ ތެރެއިން ނިޔާވެފައިވަނީ 17 އަހަރުގެ ކުއްޖާއެވެ.

އެކްސިޑެންޓުގައި ދެން ޒަހަމްވީ އުމުރުން 16 އަހަރުގެ ކުއްޖަކަށާއި އުމުރުން 40 އަހަރުގެ މީހަކަށެވެ. ފުލުހުން ބުނީ ޒަހަމްވި އުމުރުން 16 އަހަރުގެ ކުއްޖާ ވެސް އިނީ ސައިކަލުގައި ކަމަށެވެ. ސައިކަލުގައި އިން ދެ ކުޑަކުދިންގެ ތެރެއިން ސައިކަލު ދުއްވަން އިނީ ކާކު ކަމެއް އަދި ނޭނގެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް