ޕޯސްޓްމޯޓަމް ހެދުމަށް ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފި

އއ. މާޅޮހުގައި ރޭ ހިނގި މަރުގެ ހާދިސާއާ ގުޅިގެން، އއ.މާޅޮސް، އޯކިޑްމާގެ، މަރުހޫމް ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމައިފިއެވެ.

މި ނިންމުމަކީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

2025 ޖުލައި 13 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހު ވަނީ ނިޔާވެފައެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް މަރުހޫމްގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް